ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހަދަން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓް ހަދަން ފެށުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ކޯވިޑްގެ މި ބަލިމަޑުކަމުގައި މި ހިދުމަތަކީ ގައުމަށް ވަރަށް ބޭނުންތެރި ހިދުމަތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.



މި ހިދުމަތް ގާއިމު ކުރުމުގައި އައިޖީއެމް ހޮސްޕިޓަލާއި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތް ތަކުގެ ތެރޭގައި ބައްޔަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކޮށް ގިނަ ސަރަހައްދު ތަކުގައި ޓެސްޓް ކުރެވޭނެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައިވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ ނިޒާމު މިހާރު ވަނީ ގާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން