ޒަހީނުއްދީން ސަޢީދު   11 ސެޕްޓެމްބަރު 2020 - 19:33
ހއ. ކެލާ
ހއ. ކެލާ
ހއ. ކެލައާއި އެއަތޮޅު ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހއ.ދިއްދޫން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 22 އަހަރުގެ އަންހެނެކެވެ. ކެލަ އިން ޕޮޒިޓިވްވީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްެއީއޯސީ އިން ބުނީ އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކުރުމުގެ ކުރިން ނެގި ރިލީސް ސާމްޕަލުން ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 25 ރަށަކުން ކޮވިޑް-19 ފެނިފައިވާއިރު އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ ގދ. ހޯޑެއްދޫންނެވެ. އެރަށުން 36 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ. އެ ރަށުގައި މިހާރު ކޮމިއުނިޓީ ޓްރާންސްމިޝަނެއް އޮތް ކަމަށް އެޗްޕީއޭއިން ވަނީ ނިއްމާފައެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެއާ ހަމަޔަށް ވަނީ 8،900 އަށް އަރާފައެވެ. އޭގެ ތެރެއިން 6،559 މީހުން ވަނީ ރަނގަޅުވެފައެވެ.

ބަލީގައި 31 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ބަލި ޖެހިގެން ފަރުވާދެމުން އަންނަނީ 2،310 މީހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން