ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައުމުގެ އުފެއްދުންތެރިކަން ނެތުމާއި ދަރަނި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 5 އަހަރުން ސަރުކާރު ބަދަލުވާ އެއްވެސް ގައުމެއް ބޭރުން ބަޔަކު އައިސް އަޅުވެތި ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ނެތުމާއި ބޯ ނުހިކޭ ދަރަނި." ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ.



އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމަށް އައި ބޮޑު ހީނަރުކަމާއެކު ގައުމުގެ އިގްތިސާދު ވަނީ އިނދަޖެހިފައެވެ. ދައުލަތަށް ބޮޑު އާމްދަނީ އެއް ލިބެމުން އައި ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ކުރިން ދައުލަތަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް މިހާރު ވަނީ އަރާފައެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ. ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގަ އެވެ.

ގައުމެއް އަޅުވެތިކުރުމާ ބެހޭގޮތުން އަލީ ހުސެއިން އިޝާރަތްކުރެއްވާފައިވާ އެވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޑިއެމް ފަތުހީ

12-Sep-2020

ބަރާބަރު، އަލިފާން ދަނޑި އެއް، ޓޫތުޕިކެއްހާ މިންވަރުވެސް އެންމެރަގަޅުތާ ހަދަންދޯ؟



ޓްރެންޑިން