1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް 4.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކަމަށް ހިސާބުތަކުން ދެއްކުމަކީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. އިންޑިއާގައި މިހާތަނަށް ބަލިޖެހިގެން މަރުވެފައި ވާ މީހުންގެ އަދަދު އުޅެނީ 75،000 އިން މަތީގައެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަބަޔަކަށް މިބަލި ޖެހިފައިވާ ގައުމަކަށް އިންޑިޔާ ވާއިރު، މިބަލީގައި މަރުވި މީހުންގެ އަދަދަށް ބަލާއިރު އިންޑިޔާ އޮތީ ތިންވަނައިގައި ކަމަށް ސީއެންއެންގައި ރިޕޯޓްކޮށްފައިވެއެވެ. ބަލި ޖެހޭ މީހުންގެ އަދަދު ތައް ގިނަވި ނަމަވެސް ބަލިޖެހޭ ކޮންމެ 100 މީހަކާ އަޅާބަލާއިރު، އެހެން ގައުމުތަކަށް ވުރެ އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މަދެވެ. އަދި މިއަދަދު ތަކަކީ ކޮވިޑް-19 އިން ސަލާމަތް ވުމަށް ކުރެވޭ މަސައްކަތުން ލިބިފައިވާ ކުރިއެރުމެށް ކަމަށް ބެލިދާނެކަމަށް ވެސް ރިޕޯޓްތައްބުނެއެވެ.

އިންޑިޔާގައި ކޮވިޑް-19 އިން މީހުން މަރުވާ މިންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމަށް މިދިޔަމަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފާހަގަ ކުރައްވާފައިވެއެވެ. އަދި އިންޑިއާގެ އަމާޒަކީ މިބަލީގައި މަރުވާ މީހުންގެ އަދަދު އެކެއް އިންސައްތައާއި ހަމައަށް ތިރިކުރުން ކަމަށް ވެސް ނަރެންދްރަ މޯދީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިކަމާގުޅޭގޮތުން އިންޑިއާގެ ސައިންސްވެރިން ފާހަގަ ކުރާގޮތުންނަމަ، އިންޑިއާގެ ކަމާބެހޭ އިދާރާއިން އާންމު ކޮށްފައިވާ އަދަދު ތަކަކީ މުޅިން ފުރިހަމަ އަދަދު ތަކެއް ނޫނެވެ. އަދި މި އަދަދު ތަކަށް ބަރޯސާވެ ލޮކްޑައުން އަށް ލުއިދީ ގައުމު ހުޅުވައި ލުމަކީ އިތުރަށް ހާލަތު ގޯސްވެދާނެ ކަމަކަށް ވުން އެކަށީގެންވާކަމަށް ސައިންސްވެރިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން