ވިނަރެސް ޓަވަރުގައި ހުޅުވި އެޗްޑީސީގެ އޮފީސް، ފޮޓޯ: އެޗްޑީސީ
ވިނަރެސް ޓަވަރުގައި ހުޅުވި އެޗްޑީސީގެ އޮފީސް، ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް 2 ގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއާރ އޮފީހެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މި އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމުގެ ގޮތުން ގާއިމް ކުރި އޮފީހެއް ކަމަށެވެ.

މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ. މި އޮފީސް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން މެންދުރުފަހު 02:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހިޔާ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީ ވިނަރެސް ގައި ގާއިމް ކުރެވުނު އޮފީހުން ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން