ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ޓީމުތަކުން ބައިވެރިވާން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ މި ހަރަކާތް އޮންނާނީ މެއި 17 ގެ ހެނދުނު 09:00 އިން އިރުއޮއްސި 18:00 އާ ހަމައަށް ކަމަށެވެ. މި ހަރަކާތުގައި ޕާކް ވޮލީބޯލް، ހޭންޑް ބޯލް، ތްރީ އޮން ތްރީ ފުޓްބޯލް، ޓަގް އޮފް ވާ، ކެނޯ ރޭސް، އަދި ފަލިޖެހުމުގައި ޓީމުތަކުން ބައިވެރި ވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ 15:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ފެސްޓްގައި ކުޅުމަށް ހަމަޖެހިފައިވާ ކުޅިވަރު ތަކާއި އިނާމުތައް:
* ހޭންޑްބޯލް - 5،000 ރުފިޔާ
* 3 އޮން 3 ބީޗް ފުޓްބޯލް - 5،000 ރުފިޔާ
* ޓަގް އޮފް ވާ - 5،000 ރުފިޔާ
* ކެނޯއީ ރޭސް - 5،000 ރުފިޔާ
* ފަލިޖެހުން - 5،000 ރުފިޔާ
* ބީޗްވޮލީ - 5،000 ރުފިޔާ
މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. ހުޅުމާލޭގެ އާބާދީ 100،000 އަށް އަރާއިރު އެޗްޑީސީން ވަނީ އެންމެންނަށްވެސް ބައިވެރި ވެވޭނެ ގޮތަށް ހަފްތާއެއްހާ ދުވަހަށް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު