ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރުހިވަޑައިގަންނަވާނަމަ މަޖިލީހަށްވެސް ބިދޭސީން ގެނެސްގެން ނުހިންގަވަންވީ ސަބަބެއް ނެތްކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މެންބަރުން ހިމެނޭ ގުރޫޕަކަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި އިންޑިޔާއާއި އޮސްޓްރޭލިޔާއާއި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގެ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ މިނިވަންކަން ނުގެއްލޭނެ ކަމުގައި ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ ވަކި ޤައުމެއްގެ ސިފައިން މިޤައުމުގައި ބައިތިއްބައިގެން ކަންކަން ކުރަން އުޅުއްވުމަކީ ގޯސް ކަމެއްކަމަށެވެ.
ވަކި ޤައުމަކަށް ފުރުސަތު ދެއްވައިގެން ކަންކަން ކުރައްވާނަމަ ރައީސްކަން ކުރައްވާ މަޖިލިސް ތެރެއަށްވެސް ބިދޭސީން ވައްދައިގެން އެމީހުންލައިގެން މަޖިލިސް ނުހިންގަވަނީ ކީއްވެތޯ ޖަމީލުވަނީ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ. އަދި މިފަސް ގަނޑުގައި ތިބި ދިވެހި ސިފައިންނަކީ ކަމެއް ނުދަންނަ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަޔަކީ މިނިވަންކަމުގެ ސުވާލާއި އެކީ ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ތިއްބެވި ވެރިންގެ ކޮރަޕްޝަންގެ އަމަލުތައްކަމަށް ޖަމީލް ވިދާޅުވިއެވެ. މިނުރައްކާތެރި އަމަލު ހުއްޓުވުމަށްޓަކައި މަޖިލިސް ތެރޭގައި އިންނަވައިގެންވެސް އަދި އެނޫން ގޮތަކުންވިޔަސް މިކަންކަން ހުއްޓުވުމަށް ޖަމީލް ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
"ބޭރު ސިފައިން ތިބެން ރުހޭނަމަ މަޖިލީހަށްވެސް ބިދޭސީން ގެންނަންވީނުންތޯ؟ ހުރިހާ ބާރެއް ހޯއްދަވައިގެންވިޔަސް ސަރުކާރާއި ޕާޓީގައި ތިބި ކޮރަޕްޓް މީހުން އެކަހެރިކުރައްވާ. އެއީ ޒިންމާއަކީ. "އިންފީރިއަރ ކޮމްޕްލެކްސިޓީ"ގެ ބަޔަކަށް ދިވެހި ސިފައިން ވެގެން ނުވާނެ." ޑރ.ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތައް ހިނގަމުންދާކަމަށް ޚުދު ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހާމަކުރަމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ އެކަންކަމުގެ އަޑީގައި ހުންނެވީ މިނިސްޓަ ފައްޔާޒް އިސްމާއިލްކަމަށް ތުހުމަތު ކުރައްވައި އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. ނަމަވެސް މިމަސައްކަތް ނަޝީދަށް ކާމިޔާބް ވިޔަ ނުދިނުމަށް ރައީސް ޞާލިހާއި، ބައެއް ވަޒީރުންނާއި، މެމްބަރުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު