މާލޭ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ދެއްކިނަމަވެސް، ކަރަންޓާއި ފެން ބިލްތައް ނުދައްކާ ވަރަށް ގިނަ މީހުން އެބަތިބި ކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވެސް ކުޑަ އަގުތަކެއްގައި ކައުންސިލުން ކުއްޔަށް ތަންތަން ދޫކޮށްފައިވާ ކަމަށެވެ. މި ތަންތަނުގެ ކުލި ދެއްކިނަމަވެސް، ބިލުތައް ނުދައްކާތީ ގިނަ އަދަދަކަށް ފައިސާ އަރާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
އެގޮތުން މޭޔަރ ވިދާޅުވީ މާލޭގައި ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ކަރަންޓް ބިލަށް ނުދައްކާ ހުރި އަދަދު 723،000ރ. އަށް އަރާ ކަމަށެވެ. އަދި ވިލިމާލެއިން ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓު ބިލަށް 172،000ރ. އަރާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މާލެއިން ދޫކޮށްފައި ހުރި ތަންތަނުން ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 309،000ރ. އަށްވުރެ މަތި ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވިލިމާލެއިން ދޫކުރި ތަންތަނުގެ ނުދައްކާ ހުރި ފެންބިލުތަކަށް 1.3 މިލިއަން ރުފިޔާއަށްވުރެ ގިނައިން އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މިވަރަށް މި އަދަދު އަރައިގެންގޮސްފައި ވަނީ އެތައް އަހަރެއް ވީއިރު ވެސް އަޅާނުލައި ދޫކޮށްލުމުން ކަމަށެވެ. އަދި އެތަންތަނުގެ ފެނާއި ކަރަންޓު ހިދުމަތް މިހާތަނަށް އައިއިރު ވެސް ކަނޑާލާފައިނުވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ އާޒިމް ވިދާޅުވީ ކުލި ނުދައްކާ 10 އަހަރު ވެފައި ހުރި ތަންތަން ވެސް އެބަހުރި ކަމަށާއި، އެ ފަރާތްތަކުން މުއްދަތު އިތުރު ކުރަންވެސް އަންނަ ކަމަށެވެ.
ކުއްޔާއި ފެން ބިލާއި ކަރަންޓް ބިލު ނުދައްކާ ހުރި ތަންތަން ފާހަގަކޮށް، އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓު ބިލްތަކުގެ ފައިސާ ހޯދުމަށް ސްޓެލްކޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު