ޖަލުގައި ހައްޔަރުކޮށްފައި ހުރި މާފިޔާގެ އިސް ގައިދީއަކު، ޖަލުގާޑެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލައިފި ކަމަށް އިޓަލީގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި ހަވާލާދީ ސީއެންއެންއިން ބުނެފިއެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައި ވާގޮތުން، ފޯން ކޯލް އެއްގެ މައްސަލައިގައި ސުވާލުކުރުމަށް ޖަލުގާޑަކު ޖަލުގޮޅިއަށް ވަނުމުން، މާފިޔާ ބޮސް ވަނީ އޭނާއަށް ހަމަލާދީފައެވެ. ހަމަލާދިނުމުން ކައްސާލައިގެން ވެއްޓުނު އިރުވެސް ދެފަރާތުގެ ހަމަނުޖެހުން ނުހުއްޓުވޭ ކަމަށްވެއެވެ. ގުސެއްޕެ ފަނަރާ ނަމަކަށް ކިޔާ އުމުރުން 60 އަހަރުގެ މާފިޔާ ބޮހަކީ އުމުރުދުވަހުގެ ޖަލު ހުކުމެއްގައި ރޯމް ގެ ޖަލެއްގައި ހުރި މީހެކެވެ.
މި ހާދިސާގައި ޖަލު ގާޑަށް އެހީތެރިވުމަށް އެހެން ޖަލު ގާޑުން ވައިން އިރު އިނގިލީގައި ދަތްއަޅާ ބުރިކޮށްލާފަ ވާކަމަށާއި އޭރު އިނގިލިން ބުރިވިބައި އޮތީ ތަޅުންމަތީގައި ކަމަށް ވެއެވެ. އިނގިލި ބުރިވި ޖަލު ގާޑު ވަނީ އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެން އިނގިލިބުރި ގުޅުވުމަށް ޕްލާސްޓިކް ސާޖަރީ ހަދާފައި ކަމަށް ވެސް ސީއެންއެންއިން ރިޕޯޓްކޮށްފައި ވެއެވެ.
ޖަލުގައި ހިނގާ ހަމަނުޖެހުންތަކަކީ އެކި ވަރުގެ އަދަބު ލިބޭ ކަންތައްތަކަކަށް ވުމުން މިހާދިސާ އާއި ގުޅިގެން މާފިޔާ ބޮސް، ގުސެއްޕެ ފަނަރާ ވަނީ އެހެން މީހުންނާ އެކަހެރި ކޮށްފައެވެ.
1992 ވަނަ އަހަރު ފުލުހަކު މަރާލިކަމުގެ ތުހުމަތުގައި ގުސެއްޕެ ފަނަރާގެ އިތުރުން މާފިޔާގެ 5 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު