ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، އެ އަދަދު މަދު ކުރުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާއެވެ. އޭނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ކަމަށެވެ.
އެގޮތުން ހުށަހެޅުއްވި އިސްލާހުގައި ވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެއެވެ.
އަދި ހަމަ އެހެންމެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.
މި ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު