ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގެ ޑިރެކްޓަރ އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކޮށްފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވަނީ، އައްސޭރި ޖަލު ހިންގުމާ މިވަގުތު ހަވާލުވެ ހުރި އޮފިސަރު ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހީން ސަސްޕެންޑް ކުރީ އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއްގެ ތެރެއިން، ކަމާ ނުގުޅޭ ގުދަންތަކެއްގެ މަސައްކަތް ކުރިކަން ފާހަގަވެގެންނެވެ. އޭގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓިވް އާއި އަމިއްލަ ކުންފުންޏަކާ ގުޅިގެން ހިންގާ ޕްރިސް ވޯޓާގެ ފެން ޕްލާންޓާ އިންވެގެން އެތަން ބޮޑުކުރުުމުގެ މަސައްކަތްތަކެއް ވެސް ހުއްދަ ނުހޯދައި ކުރަމުން ދިއުމަކީ ވެސް އޭނާއަށް ކުރާ ތުުހުމަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮގުގައި ހިންގާ މި ޕްރޮޖެކްޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމުން މިކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑް ކުރުމަށްފަހު މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ތިމަންނަ

14-Sep-2020

މިގައުމުގައި ކުރެވޭ މަސައްކަތް ތަކުގެ ޚިޔާރަކަށް ހަދަން އެންމެ ރަގަޅީ " ވައްކަމެއް ނެތި މަސައްކަތެއް ނެތް"



ޓްރެންޑިން