ރާއްޖެއިން ޙައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ފަށަން ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެ ވަޑައިގެންނެވީ އެ ހިދުމަތް ދިނުމުގައި އުޅޭ އެޑްވާންސް ޓީމު ކަމަށެވެ،
އެ ވަފުދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުން ނެވެ.
އެ ވަފުދުގައި ސައުދީޣެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، އެ ގައުމުގެ ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަން އަދި ކަމާގުޅުންހުރި މުއައްއްްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށްޓަވާނެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފަށަން ނިންމާފައިވަނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ރާއްްޖޭގެ ޙައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއަރޕޯޓްގައި ތިބެގެން ފުރިހަމަ ކުރެވޭނެ އެވެ. އަދި އެއާއެކު ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު