19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.

ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގަައި މިރޭ ކުޅޭނެއެވެ. ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް ރައީސް ވިދާޅުވީ މުޅި ޤައުމު އޮތީ ޒުވާން ޓީމާއެކު ކަމަށާއި ޤައުމީ ލޯތްބާއެކު، ކުރާ ހިތްވަރަށް ސާބަސްދެއްވާ ކަމަށެވެ. އަދި އެ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިރޭ ނުކުންނާނީ އަވައްޓެރި އިންޑިއާއާ ދެކޮޅަށެވެ.

ރާއްޖެއިން ސެމީ ފައިނަލުގެ ޖާގަ ހޯދާފައިވަނީ ގްރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. އެހެންކަމުން ރާއްޖެ ވާދަކުރަން ޖެހުނީ އަނެއް ގުރޫޕުގެ އެއް ވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ފަހަތުން އަރާ ބަންގްލަޑޭޝް އާ ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ދެވަނަ މެޗުގައި ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު ރާއްޖެ ވަނީ ދެ ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައިގައި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން