އިދިކޮޅު ޕީޕީއެމުން ޖޫރިމަނާ ފައިސާ ނުދެއްކިގެން ކަމަށްބުނެ ފަންޑުފޮށި ހެދީ އަތްކޮށްޕާނެ ތިޖޫރިއެއް ނެތުމުން އާންމު މެމްބަރުންގެ ޖީބު ކަޑަން ކަމުގައި ފޭދޫ ދާއިރެގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބާއްވާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ކުރާ ޖޫރިމަނާ ފައިސާ ދެއްކުމަށް ކަމަށްބުނެ އެ ކޯލިޝަންގެ ސަޕޯޓަރުންގެ އެހީ އަށް އެދި ފަންޑު ފޮއްޓެއް މިއަދު ހުޅުވާފައިވާއިރު، އެކަމާ ގުޅިގެން މެންބަރު ނިހާދު ވިދާޅުވީ މިއީ އިޤްތިޞާދީ ގޮތުން މި ހާލަތުގައިވެސް އާންމު މެމްބަރުންގެ އަތުގައި އޮތް ފައިސާކޮޅު ހޯދުމަށް ކުރަމުންދާ ވަރަށް ދެރަ ކަމެއްކަމަށެވެ.

ޤާނޫނުތަކާއި ގަވާއިދާއި ޚިލާފްވެގެން ކަމާއި ބެހޭ ފަރާތްތަކުން ޖޫރިމަނާ ކޮށްފައިވާ ބޭފުޅުންގެ ޖޫރިމަނާ ފައިސާ ދައްކަން އާންމު މެމްބަރުންގެ ޖީބުގައި އަޮތް ފައިސާކޮޅު ހޯދުމަށް މަސައްކަތް ކުރާއިރު މީގެ ތެރޭގައި ގިނައީ ދައުލަތުން އެކި އިނާޔަތް ދޭމީހުންނާއި ނިމިދިޔަ ވެރިކަމުގައި ހޯދުނު ގޮތަކަށް ތަނަވަސްކަން ހޯއްދަވައިގެން ތިއްބެވި ބޭފުޅުންކަމަށް ނިހާދު ވިދާޅުވިއެވެ.

"1000 ރުފިޔާ ނުދެއްކޭ ވަރުގެ އެކަކުވެސް ޖޫރިމަނާ ކޮށްފައި ނުވޭ. ފަންޑު ފޮށި ބެހެއްޓީ އާންމު މެމްބަރުންގެ ޖީބު ކަނޑަން. އަތް ކޮށްޕާނެ ތިޖޫރިއެއް ނެތީމަ އާންމު މެމްބަރުންގެ ޖީބަށް ދެވި ހިފައިފި. ކަމެއްކުރަން ކިތަންމެ ފަދަ ބޮޑު އޮޅުވާލުމެއްވެސް އޮޅުވާލަފާނެ." ނިހާދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ފަންޑު ފޮށި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ރައީސް ޑރ.ވަހީދެވެ. ރައީސް ވަހީދުވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވެގެން ކަމަށް ބުނެ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ދެ އަހަރާ ދުވަސްކޮޅަކު ރައީސްކަން ކުރެއްވި ރައީސް ވަހީދަށް 2 އިނާޔަތެއް ދައުލަތުން ދަނީ ކޮންމެ މަހަކު ދެމުންނެވެ. ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ، އަދި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި އެމަނިކުފާނަށްވެސް 175،000 ރުފިޔާ ދައުލަތުން ކޮންމެ މަހަކު ދެއެވެ. އެމަނިކުފާނުވެސް މިހާލަތާއި ގުޅިގެން ދައުލަތުގެ ބަޖެޓަށް ލުއެއް ދިނުމަށް ނުވަތަ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ވިޔަސް ލިބިވަޑައިގަންނަވާ އިނާޔަތަށް ކުޑަވެސް ލުޔެއް ދެއްވާފައެއް ނުވެއެވެ. ބަރާބަރަށް ކޮންމެ މަހަކު މި އިނާޔަތްތައް ދަނީ ނަންގަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މޯޑު

12-Sep-2020

ތީދެންކާކު މީހުންގެ ވާހަކަ ނުދައްކަ އަމިއްލަ އަންބޮޑި އޮތީ ކިހިނެއްތޯ ބަލާބަލަ


10

އައްޑޫ މީހެެއް

12-Sep-2020

ތިބޭފުޅާވެސް ބަޖެޓަށް ލުޔެއް ދޭން މުސާރައިން އަދަދެއް އުނިކުރަންވީ ނުން. އަދިވެސް ވައްކަން ކުރެވޭވަރު މަދުވީތަ?. ރައްޔިތުންނަށް ފައިދާހުރި މަސައްކަތެއް ކުރެވެނީކީނުން.. ތިކަހަލަ ގަމާރު އެއްވެސް އޮށްޓަރެއްނެތް ބުރާންތިން މަޖިލީހަށް ލީމަ ވަގޮތް މިފެންންނީ.



ޓްރެންޑިން