މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާއި މިނިސްޓަރ ބައްދަލުކުރެއްވުން
މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާއި މިނިސްޓަރ ބައްދަލުކުރެއްވުން
މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ ފްލައިޓުގައި 200 އަށްވުރެ ގިނަ ހައްޖާޖީން ދަތުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާއި ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މައްކާ ރޫޓު އިނީޝިއޭޓިވް ފަދަ މުހިއްމު، އަދި ޙައްޖުވެރިންނަށް ލުއިފަސޭހަ ވެގެންދާނެ ފަދަ ކަމެއްގައި ރާއްޖެ ހިމެނެއްވުމަށް ނިންމެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ފުރިހަަމަ މަސައްކަތެެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މި ދުވަހަކީ ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަހެވެ. އެެ ފުލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ޙައްޖުވެރިންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން