ދަޢުލަތުގެ ބަޖެޓް ފޮތް
ދަޢުލަތުގެ ބަޖެޓް ފޮތް
މިއަހަރުގެ މިހާތަނަށް ސަރުކާރުން ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން އާންމުކުރަމުން އަންނަ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެހެންކަމުން މިއަހަރު މިވަނީ ދަޢުލަތުން ސަބްސިޑީއަށް ކޮށްފައިވާ ހޭދަ 21.2 އިންސައްތަ ދަށަށް ގޮސްފައެވެ.

ހަމައެއާއެކު މިއަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 14.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 12.3 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދަށްވުރެ، އާމްދަނީ 1.9 ބިލިޔަން ރުފިޔާ ވަނީ އިތުރުވެފައެވެ.

ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ދަށަށް ގޮސްފައިވާއިރު، މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7.9 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 433 މިލިއަން ރުފިޔާއެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި އޮތީ 93 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދޭ އެހީގެ ގޮތުގައި 182 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ރާއްޖެއިން ކުރާ ބޭސް ފަރުވާއަށް ދޭ އެހީގެ ގޮތުގައި އޮތީ 144 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި 210 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނަރުދަމާ އާއި ޓްރާންސްޕޯޓާއި ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ ވެސް ވަނީ ބަޖެޓުގައި ވަނީ މަދު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން