ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ.
މޫޑީސް އިން އާންމުކުރި، ޕީރީއޮޑިކް ރިވިއުގައި ބުނެފައިވަނީ މިހާރު ސީއޭއޭ2 ގައި އޮތް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.
ހަމައެއާއެކު ކޮވިޑަށް ފަހު ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަން މިހާރު ހަމައަކަށް އެޅެމުން އަންނަނ ކަމަށާއި، ފަތުރުވެރިކަން އަލުން ކުރިއަރައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ފުރުޞަތުތައް ރަނގަޅު ކަމަށްވެސް ރިޕޯޓްގައިވެއެވެ.
އަދި ހަމައެހެންމެ، އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ވަނީ ފާހަގަ ކޮށްފައެވެ. މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާއި، ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް މޫޑީޒްގެ ރިވިއުގައި ބަޔާންކޮށްފައިވެއެވެ.
އޭގެއިތުރުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުން ކަމަށާއި، އަދި ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިންގ ހޯދުމަށް ރާއްޖެއަށް ގޮންޖެހުންތައް ހުރިކަންވެސް މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސް އިން ބުނީ، ރާއްޖޭގެ ރޭޓިން މައްޗަށް ޖެއްސޭނީ، ފިސްކަލް ރިފޯމުތައް އެންމެ ފުރިހަމައަށް ގެނެސްގެން ކަމަށެވެ. އަދި އާ ރޭޓިންއެއް ކަނޑައަޅާއިރު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިނޭންސިން ހޯދިފައިވާ ވަރުވެސް ބަލާނެ ކަމަށް މޫޑީސް އިން ބުނެފައިވެއެވެ.
މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަމަހައްޓަން ނިންމާފައިވާއިރު، ސަރުކާރުން ދަނީ ހީނަރުވެފައިވާ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު