ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ ފައިސާ ހޭދަކުރާ ގޮތް ހާމަނުކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން އައްޑޫއަށް ކުރައްވާ ދަތުރުގައި، މަރަދޫ ބަނދަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
އެގޮތުން ޝަމްހީދު ވިދާޅުވީ ވެރިކަމަށް 18 މަސް ފުރުުމުގެ ކުރިޔަށް ރާއްޖޭގެ ޖުމްލަ ދަރަނި 140 ބިލިއަނަށް އަރާފައިވާކަމަށާއި، މިއަދާއި ހަމައަށް ދަރަންޏަށް 21 ބިލިއަން ރުފިޔާ އިތުރުވެގެން އައި ގޮތާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ދަރަންޏަށް 5 ބިލިއަން ދައްކާފައިވަނީނަމަ މިއަދަދު މިހެން އަންނަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ބަޖެޓު ފޮތް ފޮނުވިއިރު އޭގައި ފައިސާ ހަރަދު ކުރާ ގޮތް ހިމަނާފައި ނުވާ ކަމަށެވެ. އެހެންވެ، އެ ފައިސާ އަށް ސަރުކާރުން ހަދާ، ނަހަދާ އެއްޗެއް ނޭނގޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
"ބަޖެޓު ފޮތް އައިއިރު އެންމެނަށްވެސް އެނގޭ އެންމެ ޕޭޖެއްކަން އައީ، އެއަކު ނެތް މިދިޔަ އަހަރުވެސް ފައިސާަ ހަރަދު ކުރީ ކިހިނެއް ކަމެއް، މިއަހަރުވެސް ހޭދަ ކުރަން އޮތީ ކިހިނެއް ކަމެއް އެއްވެސް ވަރަކަށް މިއަދާ ހަމައަކަށް އެނގޭކަށް ނެތް."
ޝަމްހީދު އިތުރަށް ވިދާޅުވީ ރަސްމާލެ ހިންގަމުންދާ ގޮތެއްވެސް އެނގޭކަށް ނެތް ކަމަށާއި، އެހެންނަމަވެސް ކޮންމެވެސް އެއް ގޮތަކަށް ހިންގަމުންދާކަން އެބަ އެނގޭ ކަމަށެވެ. އަދި ރަށްފުށުގައިހުރި ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާލުމަށްފަހު އެ ފައިސާއިން ކަންތައްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. މިކަންތައް ބަޖެޓު ފޮތުގައި ނުހިމަނަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދުކޮށް، ސިޔާސީ މީހުން ވަޒީފާތަކަށް ނަގަމުންދާނަމަ، ބޭރު ގައުމުތަކުން ލިބޭ އެހީވެސް ކުރިއަށް އޮތް ތަނުގައި ނުލިބޭނެ ކަމަށެވެ. އަދި ދަރަނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރިޕޯމް އެޖެންޑާއެއް ހަދަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ އެތައް ކަންބޮޑުވުންތަކެއް ހުރިނަމަވެސް މަޖިލީހުގައިވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންނަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި އެމްޑީޕީއަށް ވާހަކަ ދެއްކުމަށް މަދު ވަގުތުކޮޅެއް ލިބޭއިރު ކޮމިޓީތަކުގައި ވެސް ބިލުތަކާއި މެދު އަމަލު ކުރަމުން ދަނީ އެބޭފުޅުންގެ އެއްވެސް ކަންބޮޑުވުމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު