ހައްޖަށް ދިޔަ ދިވެހީންގެ ބަޔަކު
ހައްޖަށް ދިޔަ ދިވެހީންގެ ބަޔަކު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި އަހަރުގެ ހައްޖު ކިއުގައި ޖެހުނު އެންމެނަށް ހައްޖަށް ދާން ފުރުސަތު ދީފި އެވެ.

އެކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޯޓާގެ ތަފްސީލު މި މަހުގެ 26ގައި ހާމަކުރާނެ ކަމަށެވެ.

މި މިހުގެ 26 ވަނަ ދުވަހު ރާއްޖެއިން މީހުން ހައްޖަށް ދާން ފުރަން ފަށާއިރު 1000 ދިވެހީން ހައްޖަށް ފުރާނެކަމަށް ކުރިން މިނިސްޓްރިން ބުނެފައި ވެއެވެ.

ރާއްޖެއަށް ސައުދީން އާންމުކޮށް ދެނީ 1000 ކޯޓާ އެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ކޯޓާ އިތުރުވެސް ކޮށްދީފައި ވެއެވެ.

މި އަހަރު ކިއުގައި ޖެހުނު އެންމެނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެނީ އިތުރަށް ކިހާ އަދަދެއްގެ ކޯޓާ ދޫކޮށްގެން ކަމެއް އަދި ނޭނގެ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ފަރުޟު ޙައްޖު ކުރުމުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން މި ވަގުތު އެބަތިއްބެވެ. މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހައްޖަށް ގެންދަން ރާއްޖެއަށް ލިބޭ ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން