ގެނބެމުން ދިޔަ މީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި
ގެނބެމުން ދިޔަ މީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި
މާލެ ސަރަހައްދު މޫދުގައި މީހަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މިއަދު ހެނދުނު 11:41 ކަންހާއިރު މާލޭ ނޯތު ހާބަރު މޫދުގައި މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓްކުރި ކަމަށެވެ.

އަދި އާންމުންގެ އެހީތެރިކަމާއެކު އެ މީހާ މޫދުން ނަގައިގެން އެމްޕީއެލްގެ ވެހިކަލެއްގައި އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސަލާމަތްކުރީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ގެނބެމުން ދިޔަ މީހާ ސަލާމަތްކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން