ފެނަކައިގެ އީންޖީނުގެއެއް
ފެނަކައިގެ އީންޖީނުގެއެއް
ސޮނީ ހާޑުވެއާ އިން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކައިގެން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ޙުކުމެއް ކޮށްފިއެވެ.

ފެނަކައިން އެކި ފަހަރު މަތިން ސޮނީ ހާޑްވެއަރ އިން ހޯދާފައިވާ މުދަލުގެ އަގަށްވާ ފައިސާ ނުލިބިގެން ސޮނީ ހާޑްވެއާއިން ދައުވާކުރީ 2023 ގައެވެ. އެމައްސަލާގައި ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އިއްޔެ އިއްވާފައިވަނީ 2.5 މިލިއަން ރުފިޔާގެ ޙުކުމެކެވެ.

ސިވިލް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ އަންނަ މަހުގެ 18 ގެ ކުރިން ފެނަކައިން ސޮނީ ހާޑްވެއާ އަށް 2،523،106.199 ރުފިޔާ ދެއްކުމަށެވެ.

މި ޙުކުމް ކުރަށްވާފައި ވަނީ ސިވިލް ކޯޓުގެ ޤާޟީ އަޙްމަދު އަބްދުލް މަތީނެވެ. މީގެ ކުރިންވެސް ރާއްޖޭގެ ކޯޓުތަކުން ވަނީ އެކި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ނަގާފައިވާ މުދަލަށް ފައިސާ ނުދައްކައިގެން ފެނަކައިގެ މައްޗަށް ހުކުމްތައް ކޮށްފައެވެ.

ފެނަކައަށް 2.5 މިލިއަން ރުފިޔާގެ ޙުކުމެއް ކޮށްފައިވާއިރު، ދާދިފަހުން ފެނަކައިގެ އެމްޑީ ނަޖާހް ވިދާޅުވެފައިވަނީ އެކުންފުނިން އެކި ވެންޑަރުންނަށް 640 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި ހުރި ކަމަށެވެ.

ނަޖާހް މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުން ފެނަކައާއި ހަވާލުވިއިރު އާންމު ފަރާތްތަކާއި ކުންފުނިތަކަށް އެކަނިވެސް ފެނަކައިން 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށާއި، ފެނަކަ ކޯޕަރޭޝަންގެ ޖުމްލަ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާގައި ކަމަށް އެ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން