ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 761.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 761.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 429.6 މިލިއަން ރުފިޔާއަށްވުރެ 331.5 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

އެހެންކަމުން އިންސައްތައިން ބަލާނަމަ މިއީ 77 އިންސައްތައިގެ ކުރިއެރުމެކެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ޢަދަދުވެސް މިހާރުވަނީ މިލިއަނަކަށް އެރުމަށް ގާތްވެފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ބާރަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން