ބްރޯޑްކާސްޓިމް ކޮމިޝަންގެ މުވައްޒަފުންނަށް މިނިވަންކަމާއެކު ވަޒީފާއަދާކުރުމަށް ދަތިކުރަމުންދާ ކަމަށް ބުނެ އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މުވައްޒަފުންގެ ފަރާތުން އެ ޕެޓިޝަން މަޖިލިީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ.
އެގޮތުން މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާ ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކޮށް އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަން ވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ.
އޭގެ އިތުރަށް ގަވައިދުތަކާ ހިލާފަށް އަމަލުކުރަން މަޖުބޫރުކުރާކަން ފާހަގަކޮށް އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައި ވެއެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ 15 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައި ވެއެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހެޅިއިރު އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގައި ކުރިން ހުންނެވި ފަޒީން އެ އިދާރާގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ފަޒީން ވަކިކުރަން އުޅެނިކޮށް އޭނާ ވަނީ މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު