ބ. އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓަރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 5.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމް ކުރުން ހިމެނެއެވެ.
މީގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫއަށް ސަރުކާރުން 75،688،000.78 ރުފިޔާ ހޭދަކުރާނެ ކަމަށެވެ.
އާރުޑީސީއިން ގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރާ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު