މަސްތުވާތަކެއްޗަށް ފަރުވާދޭ 3 ސެންޓަރެއްގައި ރިމާންޑްގެ ޚިދުމަތް ދޭން ފަށައިފިކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެގޮތުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރިމާންޑްގެ ޚިދުމަތް ދޭން ފަށާފައިވަނީ، ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުންނާއި، ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި، ސ. ހުޅުދޫ ވިލުނު ސެންޓަރުންނެވެ.
މީގެކުރިން މި ސެންޓަރުތަކަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ރިހެބިލިޓޭޝަންގެ ފަރުވާ އާއި ކޮމިއުނިޓީ ފަރުވާ ދެމުން އައި ތަންތަނެވެ.
ދާޚިލީ ވުޒާރާއިން ބުނީ މިހާރު އެތަންތަނުން ރިމާންޑް ހިދުމަތް ދޭން ފަށާފައިވާ ކަަމަށާއި، މިއީ މަސްތުވާ ތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުން ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ރިމާންޑްގައި ބައިތިއްބައިގެން ފަރުވާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ހިދުމަތް ފުޅާ ކުރުމަށް އެޅި ފިޔަވަޅެއް ކަަމަށެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާގެ ނިޒާމަށް އަމިއްލައަށް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅައިގެން ހިދުމަތަށް އެދި ނަން ނޯޓު ކުރެވޭނެއެވެ. މުޅި ރާއްޖޭގައި ޑްރަގު ފަރުވާ ދޭން ހަދާފައިވާ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 350 އެވެ.
އޭގެއިތުރުން ދާޚިލީ ވުޒާރާއިން ބުނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމައްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން ރިމާޑްގެ ހިދުމަތްދޭ ސެންޓަރުތައް ހިންގަމުން ދާނީ ނެޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު