މުލީ އެއަރޕޯޓަކީ މުލަކަތޮޅުގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މުލީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މުލީ އެއާޕޯޓާއެކު އަތޮޅަށް އައު ދިރުމެއް އަންނާނެ ކަމަށާއި، މިއީ އިޤްތިޞާދީ ގޮތުން ހުޅުވިގެންދާ އުންމީދީ ދޮރެއް ކަމަށެވެ.
ހަމައެއާއެކު އެއާޕޯޓުގެ ސަބަބުން އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވެގެންދާނެ ކަމަށާއި، އަތޮޅުގައި ހުރި ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައިވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރަށްވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
“މިއީ މުލީ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުން.. މިއީ މުލަކު އަތޮޅުގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް.” މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވެފައިވެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒު މިއަދު ހުޅުއްވައިދެއްވި މުލީ އެއަރޕޯޓަކީ، ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި އެއަރޕޯޓެކެވެ.
އެމްޓީސީސީން ކުރިޔަށް ގެންދިޔަ މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުން ހޭދަކޮށްފައިވެއެވެ. ނާޒިމް ވަނީ މިރަސްމިއްޔާތުގައި އެމްޓީސީސީއަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު