ގުދަނަކާއި އައްސޭރި ޖަލުގެ ފެންޕްލާންޓާއި އިންވެގެން ކުރިމަސައްކަތެއްގެ މައްސަލައެއް ބައްލަވާއިރު ފެންޕްލާންޓާއި އެޖަލުގެ ބަކަރި ކޮށީގެ މައްސަލަ އޭސީސީންވެސް އަދި ކަމާބެހޭ އެހެން ފަރާތަކުންވެސް ނުބަލާ މައްސަލާގައި ކުރީޖެ ޕީޖީ މުހުތާޒު މުހިސިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގެ ޑިރެކްޓަރ އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކުރުމާއި ގުޅިގެން އަދި އޭނާ އަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒު ވިދާޅުވީ ވަކި މައްސަލަތަކެއް ކޮރަޕްޝަނަށްވެ ވަކި މައްސަލަތަކެއް ކޮރަޕްޝަނަށް ނުވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
ޝާހީން ސަސްޕެންޑް ކޮށްފައިވަނީ އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއްގެ ތެރެއިން، ކަމާ ނުގުޅޭ ގުދަންތަކެއްގެ މަސައްކަތް ކުރިކަން ފާހަގަވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓިވް އާއި އަމިއްލަ ކުންފުންޏަކާ ގުޅިގެން ހިންގާ ޕްރިސް ވޯޓާގެ ފެން ޕްލާންޓާ އިންވެގެން އެތަން ބޮޑުކުރުުމުގެ މަސައްކަތްތަކެއް ވެސް ހުއްދަ ނުހޯދައި ކުރަމުން ދާ މައްސަލަ އޭނާއަށް ކުރާ ތުުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މިތުހުމަތުތަކާއި ގުޅިގެން މުހުތާޒު ވިދާޅުވީ ޖަލުތެރޭގައި ހިންގޭ މަރާމަތެއްވިޔަސް އަދި އެނޫންކަމެއްވެސް ތަހުގީގް ކުރުމާއި އޮޑިޓް ކުރުމުގައި ހަރުދަނާ އުސޫލެއް ނެތްކަން މިކަމުން ހާމަވާކަމަށެވެ. އަދި މިއީ އިސްލާހީ ފިޔަވަޅުތަކަކީ ނެތްއެއްޗަކަށް ވުންފަދަ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
"ގުދަނަކާއި އައްސޭރި ޖަލުގެ ފެންޕްލާންޓާއި އިންވެގެން ކުރިމަސައްކަތެއްގެ މައްސަލައެއް ބައްލަވާއިރު ފެންޕްލާންޓާއި އެޖަލުގެ ބަކަރި ކޮށީގެ މައްސަލަ މިހާތަނަށް ނުބެލި އޮތުމަކީ ދެރަވަރުކަމެއް. ޖަލު އޮޑިޓްގެ އިސްލާހީ ފިޔަވަޅުތައް ނެތްއެއްޗަކަށް ހެއްދެވުން ބަލައިނުގަނެވޭނެ." މުހުތާޒު ވިދާޅުވިއެވެ.
އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގި މަޝްރޫއުކެވެ. މި ޕްރޮޖެކްޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމުން މިކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑް ކުރުމަށްފަހު މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު