ޔުމްނު
ޔުމްނު
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައާ ގުޅިގެން އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްމަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޔުމްނުގެ ބަހެއް ހޯދަން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރި ކަމަށާއި އަދި މިހާތަނަށް ވެސް މަސައްކަތް ކުރަމުންދިޔައީ އެކަމުގައި ޔުމްނުގެ އާއިލާގެ އެއްބާރުލުން ލިބޭނެކަމުގެ އުއްމީދުގައި ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި އެއްބާރުލުން ނުލިބޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އެ ގައުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔުމްނުއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން އޭނާ އެހެން ތަނަކަށް ބަދަލުކުރި އިރުވެސް ފުލުހުންނަށް އެކަން ނާންގާ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނާއި ރިޔާސީ ކޮމިޝަނުންވެސް ތަހުގީގުކުރަމުންދާ އިރު އެކަން ހިނގިގޮތެއް އަދިވެސް ނޭނގެ އެވެ.

ނަމަވެސް ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި ހަތަރު މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު އާއި ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލް ޣަފޫރުވެސް އެތަނުގައި ހުރި ކަމަށް އޭނާބުނެފައި ވާކަމަށް އާއިލާއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން