އެންމެ ބަރަކާތްތެރި ދުވަސްތަކުގެ ތެރޭގައި ހައްޖު މަހުގެ ފުރަތަމަ 10ދުވަސް ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މި ފެށޭ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމަށް އަލިއަޅުވާލައި މިއަދުގެ ހުތުބާގައި ބުނީ މާތް ﷲގެ ހަޒްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އަދި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސްކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.
ހަމަ އެހެންމެ ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.
"ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ވެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ ސޯލިހު އަމަލުތަކުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ކީރިތި ރަސޫލާ ކޮންމެ ހައްޖު މަހެއްގެ ނުވަވަނަ ދުވަހު ރޯދަ ހިއްޕެވި ކަމަށެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަކަން ފާހަގަކޮށް ފުރުސަތުގެ ބޭނުން ހިފުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.

ކިޔުންތެރިންގެ ހިޔާލު