ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހުކުރުމުގެ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވަފުދުގެ ބޭފުޅުން މިއަދު ރާއްޖެ ވަޑައިގަންނަވަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހިދުމަތް ފަށަން ޖުމުލަ 42 ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބޭފުޅުން ހިމެނޭނެއެވެ.
ޝަހީމް ވިދާޅުވީ، އެ ވަފުދުގައި އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާ ކަމަށެވެ.
މި ހިދުމަތް ފެށުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންކަމަށް މިނިސްޓަރ ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި ހިދުމަތް ފެށުމަށް ބާއްވާ ތައްޔާރީތައް ވުމަށް ސައުދީގެ އެޑްވާންސް ޓީމެއް މިއަދުވަނީ ރާއްޖެ އައިސްފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފަށަން ނިންމާފައިވަނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ރާއްޖޭގެ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއަރޕޯޓްގައި ތިބެގެން ފުރިހަމަ ކުރެވޭނެ އެވެ. އަދި އެއާއެކު ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު