ޙައްޖުވެރިން ފުރާ ދުވަސް ދުވަހު އެއާޕޯޓަށް އަވަހަށް ދިއުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު ހައްޖުވެރިން ސައުދި އަރަބިއްޔާއަށް ފުރާނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ދިވެހި ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ހައްޖުވެރިން ސަޢުދީއަށް ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީވެ އިތުރު ފުލުހުން އެއާޕޯޓް ސަރަހައްދަށް ނެރޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ހަމައެއާއެކު އެދުވަސްތަކުގައި އެއާޕޯޓުން ފުރާ އެހެން މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެދުވަސްތަކުގައި ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
އޭގެއިތުރުން ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު