ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23 އ
ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23 އ
14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، ފުލުހުންނަށް ދިނީ ނުބައި ފޯނު ލޮކްކޯޑެއްކަން އޭނާގެ ބަންދު އަމުރުން ހާމަވެއްޖެއެވެ.

ޒީނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް އެކެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހުގައެވެ.

ޒީނާގެ އަތުން ފެނުނު ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެއްޗާ، އޭނާއާ ގުޅުމެއް ނެތްކަމަށް ޒީނާ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ޒީނާގެ އަތުން ކާރުގެ ސީޓް މައްޗަށް ވައްޓާލި މަންޒަރު ފެނުނު ކަމަށް އެސީނަށް ދިޔަ ފުލުހުން ވަނީ ބުނެފައެވެ.

ޒީނާގެ ބަންދަށް އެންމެ ފަހުން 20 ދުވަސް ޖަހާފައިވާއިރު، އެ ބަންދު އަމުރުގައި ބުނެފައިވަނީ، ތަހުގީގަށް އޭނާގެ ފޯނު ހުޅުވުމަށް ފުލުހުންނަށް އޭނާ ދީފައިވާ ފޯނު ލޮކް ކޯޑުން އެ ފޯނު ނުހުޅުވޭ ކަމަށެވެ.

ފުލުހުން މިހާރުވަނީ ޒީނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން