މިދިޔަ ހަފްތާގެ އަންގާރަދުވަހުގެ ނިޔަލަށް ރާއްޖެއަށް 923,390 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
އެ ވުޒާރާއިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަންގާރަ ދުވަހާ ހަމައަށް 923,390 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، އަށެއް އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 854,928 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު ޒިޔާރަތްކޮށްފައިވަނީ، 768,668 ފަތުރުވެރިންނެވެ. ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަށް މިހާރު މަދުވަނީ 76،610 ފަތުރުވެރިންނެވެ.
އެއް މިލިއަން ފަތުރުވެރިން އައުމާ ގާތަށް ޖެހިލާފައިވާއިރު މިހާރު މަހެއްގެ މައްޗަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އޭގެ ސަބަބުން އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް އަންނަމަހުގެ ތެރޭގައި ވާސިލްވެވޭނޭކަމަށް ބެލެވެއެވެ.
ވުޒާރާގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖެއަށް މިއަހަރު އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން 107,544 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. ރަޝިޔާއިން 99,681 ފަތުރުވެރިން ޒިޔާރަތްކުރި އިރު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތުން އައީ 94,671 ފަތުރުވެރިންނެވެ.
ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ، 4,632 ގައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. މިއަހަރު ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިްނގެ އަދަދު އުޅެނީ 657,289 ގައެވެ. ގެސްޓްހައުސްތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަު 215,494 ގައި އުޅޭއިރު، ފަތުރުވެރިން ދެން އެންމެގިނައިން ޗުއްޓީ ހޭދަކުރުމަށް ދިޔައީ ހޮޓާތަކަށާއި ސަފާރީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު