ދިވެހިރާއްޖެ ހިންގަމުން މިދަނީ އަވަށްޓެރި އިންޑިއާއިން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
ޒުވާނުންތަކެއް އިސްނަގައިގެން އަޅުވެތިކަމާއި ދެކޮޅަށް ކަމަށް ބުނެ މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރު ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމުންމަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސައިކަލް ބުރު ހުއްޓުވަން ދިން އޯޑަރަކީ ދިވެހި ރައްޔިތަކު ދޭނެ އޯޑަރެއް ނޫން ކަމަށެވެ. އެއީ ދިވެހިން ދެކެ އިންތިހާއަށް ރުޅި އަންނަ ބަޔަކު ދިން އޯޑަރެއްް ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.
ސައިކަލް ބުރު ހުއްޓުވަން އޯޑަރު ދިނީ ސީދާ މަތިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހާރު މިގައުމު މިހިންގަނީ މިގައުމުގައި ތިބި ބަޔަކު ނޫން ކަމަށާ މިގައުމު ހިންގަނީ އަވައްޓެރި އިންޑިއާއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ސަރުކާރުން މިގައުމު ވިއްކާލަނީ ކަމަށާ މުޅި ގައުމާއި ރައްޔިތުން މިއޮތީ އަޅުވެތި ކަމަކަށް ހުށަހެޅިފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެން ޝިޔާމް ވިދާޅުވީ އެ ހަރަކާތަކީ ސުލްހަވެރި ގައުމީ ހަރަކާތެއް ކަމަށެވެ. އަދި އެ އެއްވުމުގައި ފާޅުކުރަމުން ގެންދިޔައީ ގައުމީ ޝުއޫރު ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރު ރޫޅާލައި 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ސައިކަލު ބުރުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފުލުހުން ބާރުގެ ބޭނުންކޮށް ސައިކަލު ބުރު ހުއްޓުވުމުން ސައިކަލު ބުރުގެ ބަދަލުގައި ހިނގާލުމެއް ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކުން މަސައްކަތްކޮށްފައިވެސް ވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަމަށް ވެސް ހުރަސް އަޅާފައެވެ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ހުއްޓުވައި ހައްޔަރުކުރި ޒުވާނުންގެ ސައިކަލްތައް ޓޯކޮށްފައެވެ.
ސައިކަލު ބުރު މަޖީދީމަގުގައި ކުރިއަށް ގެންދަން މަސައްކަތްކޮށް ފުުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ޕެޕާސްޕްރޭވެސް ބޭނުންކޮށްފައެވެ. ފުލުހުން މިއަދު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އަންގާފައެވެ. އަދި އެންގުމާއި ޚިލާފަށް އެއްވުން ބާއްވާނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު