ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މިދިޔަ އަހަރު މަޑުއްވަރީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސް ވަނީ އެފަރާތްތަކާ އެކު މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މަޑުއްވަރީގެ ޒުވާނުން ފުޓްބޯޅަ ކުޅެން ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަން ވެސް ހިމެނެއެވެ. ކައުންސިލުން ފާހަގަ ކުރި ކަންތައްތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އެރަށުގައި ފުޓުބޯޅަ ދަނޑެއް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ގިނަ ޕްރޮޖެކްޓުތަކެއް ދަނީ ހިންގަމުންނެވެ.

ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.#TeamRDC pic.twitter.com/T4eg19pFXo
— Road Development Corporation Ltd (@rdcmaldives) May 24, 2025
މިދިޔަ އަހަރު މަޑުއްވަރީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސް ވަނީ އެފަރާތްތަކާ އެކު މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މަޑުއްވަރީގެ ޒުވާނުން ފުޓްބޯޅަ ކުޅެން ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަން ވެސް ހިމެނެއެވެ. ކައުންސިލުން ފާހަގަ ކުރި ކަންތައްތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އެރަށުގައި ފުޓުބޯޅަ ދަނޑެއް ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ގިނަ ޕްރޮޖެކްޓުތަކެއް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު