ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ތިބި އޮފިޝަލުންގެ ފުރަތަމަ ޝަރީއަތް ބަންގްލަދޭޝް ކޯޓުން ފަށައިފި އެވެ

ޗީފް ޕްރޮސެކިއުޓަރާ ހަވާލަދީ އެގައުމުގެ މީޑިޔާތަކުން ބުނީ އާދީއްތަ ދުވަހު ފަށާފައި ވަނީ ޝައިޚް ހަސީނާ ވެރިކަމުން ދުރުކޮށްފައިވާ ސަރުކާރާ ގުޅުން ހުރި ކުރީގެ އިސް ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާ ޝަރީއަތެއް ކަމަށެވެ.

ހަސީނާގެ ސަރުކާރު ވައްޓާލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެގައުމުގެ ކޮލެޖު ދަރިވަރުންތަކެއް ކުރި މުޒާހަރާތަކުގެ ތެރެއިންނެވެ. މި މުޒާހަރާތަކުގެ ބައިވެރިންނަށް ހަސީނާގެ އަމުރަށް އެގައުމުގެ ފުލުހުން ވަނީ ވަރަށް އަނިޔާވެސް ކޮށްފައެވެ. އަދި އެ އޮފިޝަލުންގެ މައްޗަށް ރަސްމީ ދައުވާއެއް ކުރުމަށް ކޯޓަށް ހުށައެޅުމުން ކޯޓުން ވަނީ އެކަންވެސް ބަލައިގެންފައެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ އަށް މީހުންގެ މައްޗަށް އުފުލާފައި ވަނީ އިންސާނިއްޔަތާ ޚިލާފު ކުށުގެ ދައުވާ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ބަންދުގައި ތިބިއިރު އަނެއް ހަތަރު މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ދަނީ ކުރަމުންނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަންގްލަދޭޝްގެ ޑޮމެސްޓިކް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) ގެ ޗީފް ޕްރޮސެކިއުޓަރު ތާޖުލް އިސްލާމް ވިދާޅުވީ "ރަސްމީ ޝަރީއަތް“ ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

"ދައުލަތުން ގަބޫލުކުރާ ގޮތުގައި މި ދައުލަތުން ދައުވާ ލިބޭ ފަރާތުން ކުރި ޖަރީމާތައް ސާބިތުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހާއި ދެމެދު ހަސީނާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި 1،400 އާ ހަމައަށް މީހުން މަރުވިއެވެ. މި އޮޕަރޭޝަނާ ގުޅިގެން އެގައުމުގެ ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން