ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ސައިކަލު ބުރު ހުއްޓުވައި ފުލުހުން ބައެއް މީހުން ހައްޔަރުކުރަނީ
ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ސައިކަލު ބުރު ހުއްޓުވައި ފުލުހުން ބައެއް މީހުން ހައްޔަރުކުރަނީ
އަޅުވެތިކަމާއި ދެކޮޅަށް" ނަމުގައި ޒުވާނުން މިއަދު ބޭއްވި ސައިކަލު ބުރުން ހައްޔަރު ކުރިި މީހުންނަށް ވަކީލުން އައްޔަންކުރުމުގެ ފުރުސަތުން މަހުރޫމް ކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހައްޔަރު ކުރެވޭ ވަގުތުން ފެށިގެން ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާ އެއް ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ވަނީ އެ ހައްޤުން މަހުރޫމް ކޮށްފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.



ގާނޫނީ ވަކީލު ޝަމީމު މިހެން ވިދާޅުވެފައިވާއިރު، ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އެ މާއްދާގެ ( ށ) ގައި ބުނެފައިވަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ އަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް މީހަކު ނަމަ އެމީހަކަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަންކޮށްދޭން ވާނެ ކަމަށެވެ.

މިއަދުގެ ސައިކަލު ބުރާ ގުޅިގެން 41 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ އާއްމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި، ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލާއިންތަކާއި ހިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ. އެއްވުމުގައި ގިނައަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާއިރު، ޒުވާނުން ފުރަތަމަ ބާއްވަން މަސައްކަތް ކޮށްފައިވަނީ ސައިކަލު ބުރެކެވެ. ނަމަވެސް އެ ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމާއި، ގުޅިގެން، ސައިކަލު ބުރު ބަދަލުކުރީ ހިނގާލުމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން