ކޯވިޑް-19އާއި ގުޅިގެން ބަލިމީހުން އެނދުމަތިކޮށްފައިވާ ކޯވިޑް ފެސިލިޓީއެއް (ފޮޓޯ: އެޗްއީއޯސީ)
ކޯވިޑް-19އާއި ގުޅިގެން ބަލިމީހުން އެނދުމަތިކޮށްފައިވާ ކޯވިޑް ފެސިލިޓީއެއް (ފޮޓޯ: އެޗްއީއޯސީ)
ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހައިރިސްކު 8 މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި އިތުރު ބަޔަކު ޕޮސިޓިވްވެފައިވޭތޯ ބަލަން ކޮންމެ ދުވަހަކު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު 11 ސާމްޕަން ނަގާފައިވާއިރު ނަތީޖާ ލިބުނީ އެކަކުގެ ކަމަށާއި އެމީހާގެ ނަތީޖާ ނެގެޓިވް ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

ޑރ ނަޒްލާ ވިދާޅުވީ މިހާތަނަށް ޕޮސިޓިވްވި 38 މީހުންގެ ތެރޭގައި ހައިރިސްކު ނުވަތަ މި ބަލީގައި ސީރިއަސް ހާލަތަކަށް ހިނގައިދާނެ އަށް މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކު ވަނީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީއަށް އިތުރު ފަރުވާއަށް ބަދަލުކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހޯނޑެއްދޫއިން ޕޮސިޓިވްވި މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވާ 204 މީހުން އެބަތިބި ކަމަށް އެޗްއީއޯސީ އިން ހާމަކުރިއެވެ. އެ ރަށަކީ މާލެ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ރަށްކަން ފާހަގަކޮށްލެވެއެވެ. އެ ރަށުން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ. މިހާތަނަށް ޕޮސިޓިވްވެފައިވަނީވެސް އެ ހަތަރު މީހުންގެ އާއިލާ އާއި އެމީހުންނާއި ގުޅުން ހުރި މީހުން ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން