މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދު ހަތަރު ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހުމަށް ފަހު އެންމެ ފުރަތަަމަ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭގެ ފަހުން ހަމަ މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާވެސް އޭނާ ހައްޔަރުކުރި އެވެ.
ފުލުހުން މިއަދު ބުނީ ރޭ ރައުދު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އެއީ އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ ޕީޖީގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރައުދުގެ މައްޗަށް ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ޕީޖީން ބުނީ ރައުދަށް ދައުވާކުރުމާ މެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
އެ މައްސަލައިގައި ރައުދުގެ ޕާސްޕޯޓް އަދި އޭނާގެ ފޯނުވެސް ފުލުހުން ހިފަހައްޓާފައިވާއިރު ޔުމްނު ވެއްޓުމުގައި ރައުދު އެއްވެސް ދައުރެއް އަދާކުރި ކަމެއް ނޭނގެ އެވެ. އަދި އެކަމާގުޅޭ އެއްވެސް ހެއްކެއްވެސް މިހާތަނަށް ހޯދިފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.
ޔުމްނު ވެއްޓުނު ރޭ ދެ މީހުން ވަރަށް ގައިގޯޅިކޮށް އުޅުނުއިރު ހަމަ އެރޭ ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ވެސް ހިނގިކަމަށް ރައުދު ބުނެފައި ވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު