ޕްރިންސިޕަލުންގެ ވަޒީފާއާބެހޭ އުސޫލެއް ކަނޑައެޅީ ސަރުކާރު ސްކޫލުތަކަށް ކުރިމަތިވެފައިވާ ޕްރިންސިޕަލުންގެ ދަތިކަން ހައްލު ކުރުމަށް ކަމަށާއި، އެކަމާ ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހަންމަދު އިހުސާން ރޭ ވިދާޅުވެެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހަންމަދު އިހުސާން ވިދާޅުވީ އާ އުސޫލުގެ ސަބަބުން ސުކޫލުތަކަށް ޕްރިންސިޕަލުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި ޕްރިންސިޕަލުންނަށް ލިބިފައިވާ ތަޖުރިބާ އާއި އިލްމު އެހެން މާހައުލެއްގައި ބޭނުންކުރުމުގެ ފުރުސަތު ޕްރިންސިޕަލުންނަށް އެ އުސޫލުގެ ސަބަބުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް އުސޫލު ބަދަލުކުރުމުގެ އިތުރު ސަބަބުތައް ހުރި ކަމަށާއި އޭގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގު ނުގެއްލޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އުސޫލު އެކުލަވާލިއިރު މިކަންބޮޑުވުންތައް އަންނާނެކަން ހަމަ ފާހަގަކުރެވިފައިވަނީ، އެ ކަންބޮޑުވުންތަކާއި އެކު އަޅުގަނޑުމެން ޕްރިންސިޕަލުންގެ އަޑުއަހައި އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވެން ހުރި ދިމަދިމާލުން ހައްލު ހޯދައި އެއާއެކު ކުރިއަށްދާނަން. ހުރިހާ ޕްރިންސިޕަލުންގެ ޝަކުވާތައް ވެސް އަޑުއަހާނަން." އިހުސާން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެގޮތަށް އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލުން އެއް ސްކޫލެއްގައި ހުންނާނީ ދެ އަހަރުގެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ދައުރާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށްވެސް މިނިސްޓްރީއިން ބުނެ އެވެ.
މިނިސްޓްރީއިން ބުނީ ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އަށް އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން ޖެހޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަށް ޕްރިންސިޕަލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ އުސޫލަށް އަމަލު ނުކުރުމަށް ގޮވާލާފައެވެ. އުސޫލަށް އަމަލު ކުރަން ފަށައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި، މިއީ ދިވެހި ޕްރިންސިޕަލުން ވަޒީފާ ދޫކޮށް ހިނގައިދާނެ ބަދަލެއް ކަމަށް ޕްރިންސިޕަލުން ވަނީ ވިދާޅުވެފައެވެ. އެއް ސުކޫލުން އަނެއް ސުކޫލަށް ޕްރިންސިޕަލަކު ބަދަލު ކުރަން ވާނީ އެ މީހެއްގެ ރުހުމުގައި ކަމަށް ޕްރިންސިޕަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު