ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން ބަލިމީހުންނަށް ފަރުވާ ދެނީ (ފޮޓޯ:އެޗްއީއޯސީ)
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން ބަލިމީހުންނަށް ފަރުވާ ދެނީ (ފޮޓޯ:އެޗްއީއޯސީ)
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 5 މީހަކަށް މިހާރު ވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 2 މީހުންނަށް ފަރުވާދެމުންދާ ކަމަށާއި އެ 2 މީހުން ވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށެވެ. ދެން އައިސީޔޫގައި ފަރުވާ ދެމުންދަނީ ހުޅުމާލެ ކޮވިޑް ފެސިލީޓީގައި ކަމަށާއި، އެތާނގައި 3 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި 3 މީހުންނަށް ފަރުވާ ދެމުންދާއިރު 20 ވަނަ ފަންގިފިލާގައި ވެސް އެކަކަށް ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ޕްރައިވެޓް ވޯޑު 5 ގައި ދެމީހުންނަށް ފަރުވާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އޭދަފުށި ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުންދާއިރު ގއ ވިލިނގިލީގައި 4 މީހަކަށް ވޯޑްގައި ފަރުވާ ދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި 103 މީހުންނަށް ފަރުވާ ދެމުންދާއިރު 100 މީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިގެން ތިބި 1960 މީހަކަށެވެ. ކޮވިޑް ޖެހިގެން އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ ދަށައް ގޮސްފައެވެ. އެގޮތުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 116 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން