އިއްޔެ ބޭއްވުމަށް މަސައްކަތްކުރި ސައިކަލުބުރު ހުއްޓުވައި ގިނަ ކަނބަލުން ހިމެނޭ ގޮތަށް ޒުވާނުންގެ ގިނަބަޔަކު ހައްޔަރު ކުރުމުން ސާފުވެގެން ދިޔައީ މިނިވަންކަމަށްޓަކައި ވާންޖެހޭ ޤުރުބާނީ، ހީނުކުރާވަރަށް ވުރެވެސް ބޮޑުކަން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މާލޭގައި ގިނަ ޒުވާނުން ތަކެއް އިސްނަގައިގެން އިއްޔެ ބޭއްވުމަށް މަސައްކަތްކުރި ސައިކަލު ބުރު ހުއްޓުވައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ޒުވާނުން ނިކުތީ މިޤައުމުގެ ހައްގުގައި ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަށްކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ އެކަން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރި މަންޒަރުކަމަށެވެ.

އިއްޔެގެ ހަރަކާތް ހުއްޓުވުމަށް ފުލުހުން އަމަލުކޮށްފައިވާގޮތުން ކުރިއަށް އޮތް ތަނުގައި މިނިވަންކަން ދިފާއު ކުރުމަށް ކުރަންޖެހޭ މަަސައްކަތް މާބޮޑަށްވެސް އިތުރު ކުރަންޖެހޭކަން ސާފުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާދަމާ ފުލުހުން ޤައުމުގެ މިނިވަންކަމަށްޓަކައި ވާންޖެހޭ ޤުރުބާނީވެސް މާބޮޑުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ނިކުންނެވި ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެގެނީ މިނިވަންކަމަށްޓަކައި ވާންޖެހޭ ގުރުބާނީ ބޮޑުކަން. މިނިވަންކަމަށްހުރި ގޮންޖެހުންތައް! މިއަދު ހުރަސް އެޅުމަށް ނިކުތް ފުލުހުން، ޤައުމުގެ މިނިވަންކަމަށްޓަކައި މާދަމާ ވާންޖެހޭ ޤުރުބާނީ ހީނުކުރާހާ ބޮޑުވާނެ" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އިއްޔެގެ ހަރަކާތުގައި ގިނަބަޔަކު ފުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސުލްހަވެރިކަމާއެދު އެއްވުމުން ބާރުގެ ބޭނުންކޮށް އެކަން ހުއްޓުވަން ނުޖެހޭކަމަށެވެ. އަދި އެހަރަކާތުގެ ތެރެއިން ހަމަނުޖެހުމަށް ޖާގަދީ އެފަދަ އެއްވެސް އަމަލެއް ނުފެންނައިރު ބާރުގެ ބޭނުންކޮށްގެން ހަރަކާތް ހުއްޓުވަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.

"ސުލްހަވެރި ޤާނޫނީ ހަރަކާތުގެ ތެރެއިން ބަންދުކުރި ހުރިހާ ޒުވާނުން ދޫކޮށްލައްވާ! ޤައުމުގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޒުވާނުން." ޑރ.މުހައްމަދު ޝަހީމް ވިދާޅުވިއެވެ.

އިއްޔެގެ ސައިކަލު ބުރު ފެށުމުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުންވަނީ ނިކުމެ ސައިކަލުބުރު ހުއްޓުވައި ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފައެވެ. އަދި ބައެއް ސައިކަލުތައްވެސް ފުލުހުންވަނީ ޓޯކޮށްފައެވެ. އިއްޔެގެ ހަރަކާތުގައި ބައިވެރިވި ގިނަ މީހުން މިހާރުވަނީ ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ސަޢީދު

14-Sep-2020

ބުނަންތަ ތިގޮވަނީ ރީތިކޮށް ހަޔާއި ވެރިކަންވޭތުވެދިޔަ5އަހަރުކުރީ ރައްޔިތުންނަމިނިވަންކަންދީގެންތަ ޓީޝާރޓުކުއްވެރިވެކިތައްޒުވާނުންގެފުރާނަދޔއްވާލީ37ޒުވާނުންމަލީމިނިވަންކަންއޮއިބޮޑުކަމުންދޯ


10

ސަޢީދު

14-Sep-2020

ބުނަންތަ ތިގޮވަނީ ރީތިކޮށް ހަޔާއި ވެރިކަންވޭތުވެދިޔަ5އަހަރުކުރީ ރައްޔިތުންނަމިނިވަންކަންދީގެންތަ ޓީޝާރޓުކުއްވެރިވެކިތައްޒުވާނުންގެފުރާނަދޔއްވާލީ37ޒުވާނުންމަލީމިނިވަންކަންއޮއިބޮޑުކަމުންދޯ



ޓްރެންޑިން