އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތައް ހުއްޓާލުމަށް އެޤައުމުގެ ފެޑެރަލް ކޯޓަކުން އަމުރުކޮށްފިއެވެ.
މެންޓަންގައި ހުންނަ އެމެރިކާގެ ކޯޓް އޮފް އިންޓަނޭޝަނަލް ޓްރޭޑުން ކުރި ހުކުމްގައި ބުނެފައިވަނީ ޓެރިފް ކަނޑައެޅުމަށް ޓްރަމްޕް ގެ ސަރުކާރުން އެކުލަވާލި ގާނޫނުން ހުރިހާ ގައުމެއްގެ މައްޗަށް އެއްކޮށް ޓެރިފް އެޅުމުގެ ބާރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އެހުކުމްގައި ވަނީ އެމެރިކާގެ ގާނޫނުއަސާސީން އެހެން ގައުމުތަކާ އެކު ކުރާ ވިޔަފާރި ރެގިއުލޭޓް ކުރުމުގެ ހާއްސަ ބާރުތައް ލިބިދީފައިވަނީ ކޮންގްރެސްއަށް ކަމަށާއި، އިގްތިސާދު ރައްކާތެރިކުރުމަށް ރައީސަށް ލިއްބައިދޭ ބާރުތަކުން މިކަން ބަދަލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ޓެރިފް ކަނޑައެޅޭނީ ކޮންގްރެސްގެ ހުއްދަ އާއެކު ކަން ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުންތައް ނިންމަވާފައިވަނީ ކޮންގްރެސްގެ ހުއްދަނެތިކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކޯޓުގެ ހުކުމްގައި ޗައިނާ، މެކްސިކޯ އަދި ކެނެޑާއިން އެމެރިކާއަށް މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ވަކި ޓެރިފްތައްވެސް ވަނީ ބާތިލުކޮށްފައެވެ.
ކޯޓުން ވަނީ ހުކުމާ އެއްގޮތަށް ކަންކަން ބަދަލު ކުރުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުގެ ނިންމުންތައް ބަދަލުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެމެރިކާގެ ޓްރޭޑް ކޯޓުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މިދިޔަ އޭޕްރީލް މަހުން ފެށިގެން ބައިނަލްއަގުވާމީ ޖަމިއްޔާ ތަކުގެ އިތުރުން، ދިވެހިރާއްޖެ ވެސް ހިމޭނެހެން ދުނިޔޭގެ ގިނަ ގައުމުތަކާ ދެކޮޅަށް ރައީސް ޓްރަމްޕް އަޅުއްވަންފެއްޓެވި ޓެރިފްތަކާއެކު، ދުނިޔޭގެ މާލީ ބާޒާރުތަކާއި، ސްޓޮކް މާކެޓްތައްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު