އަހުމަދު މަސްނޫމް   13 ސެޕްޓެމްބަރު 2020 - 14:54
އއ.އުކުޅަހު ހޯމް ކަރަންޓީންގައި ހުރި އަންހެނަކު ނިޔާވެއްޖެއެވެ.

އއ.އުކުޅަހު ހޯމް ކަރަންޓީންގައި ހުއްޓާ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 11 ޖަހާކަންހާއިރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިމީހާއަކީ މީގެ ދެ ދުވަހެއްކުރިން މާލެއިން ރަށަށް ދިޔަމީހެއްކަމަށާއި، މިމީހާ ރަށަށް ގޮސްފައިވަނީވެސް ހިތުގެ ސާޖަރީއެއް ހަދައިގެން ކަމަށެވެ. މި އަންހެން މީހާއަކީ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިމީހާ ރަށަށް ގޮސްފައިވަނީ ކޯވިޑަށް ޓެސްޓުކޮށް އެޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންކަމަށް އެރަށުން މައުލޫމާތުދިންމީހާ ބުނެފައިވެއެވެ. ކޯވިޑް19 އަށް އަތޮޅުތެރެއިން ގިނަބަޔަކު ޕޮޒިޓިވް ވަމުންދާއިރު، މިހާތަނަށް އއ.އުކަޅަހުން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައެއްނުވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން