ހައްދު ފަހަނަ އެޅުމުން ދުރަށްޖެހިވަޑައިގެން އަމިއްލަ ޕާޓީގެ ވެރިޔަކީ ކޮބައިކަން ރައީސް ނަޝީދު ފުރަތަމަ ކަނޑައެޅުއްވުން މާ އައުލާކަން ބޮޑުވެގެންވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މާވަށު ދާއިރާގެ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ މީހުންނާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ފުރަތަމަ މިވާހަކަ ދެއްކެވި ރައީސް ނަޝީދު އިސްލަހުވެގެން ނޫނީ ކަންކަން ރަނގަޅު ނުވާނެކަމަށެވެ.

ދިވެހިންގެ ކަންކަމުގައި ގޮތް ނިންމާނީ ދިވެހިންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު މިވާހަކަތައް ދައްކަވާ ރައީސް މުހައްމަދު ނަޝީދަކީ މިވާހަދައްކަން އެންމެ ދުރުބޭފުޅާ ކަމަށާއި، އެމަނިކުފާނު އެންމެ ފުރަތަމަ އިސްލާހުވެގެން ނޫންގޮތަކަށް ކަންކަން ހައްލު ނުވާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިހާރުވެސް އުޅުންވަނީ އަމިއްލަ ޕާޓީގެ ވެރިޔަކީ ކާކުކަން ސާފުނުވެގެންކަމަށް ސައީދު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މުހައްމަދު ނަޝީދު އިސްލާހުވާންވީ. ހައްދުފަހަނަ އެޅުމުން ދުރަށްޖެހި، ޕާޓީގެ ވެރިޔަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ވާހަކަ ދައްކައިގެން ނިންމަވާ. ޤައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން." ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުންނެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމުގައިވާ އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށެވެ. ޕީޕީއެމުން ކުރާ އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން