ވެރިޔަކީކާކުކަން އޮޅިފައިވާ ވެރިކަން ކުރާ އެމްޑީޕީން ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަމުން ކަމަށާއި، އެކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ޑީއާރުޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އިއްޔެ މާލޭގައި ޒުވާނުން އިސްނަގައިގެން ބޭއްވުމަށް މަސައްކަތްކުރި ސައިކަލު ބުރު ހުއްޓުވައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ކުރިން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޑީއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ ހައްގަށް އެއްވެސް ބަޔަކަށް އަރައި ނުގަނެވޭނެކަމަށެވެ. އެއީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު އެހައްގު ނިގުޅައިގަތުމުގެ ފުރުސަތު ވެރިކަން ކުރާ ފަރާތަށް ލިބިގެން ނުވާކަމަށް ޑީއާރްޕީން ބުނެފައިވެއެވެ.
ކޯވިޑް-19 އަކީ ރައްޔިތުންގެ ނިގުޅައިގަންނަމުންދާ ހައްގުތައް ހޯދަންވެސް ނުނިކުމެވޭ އުޒުރަކަށް ހަދައި ސަރުކާރުން ރައްޔިތުން ހާލުގައި ޖައްސާފައިވާކަމަށް ޗެއާމަން ޖާބިރުގެ ޑީއާރުޕީން ބުނެފައިވެއެވެ. ސަރުކާރު ހިންގަމުންދާ މައިޕާޓީއަކީ މިވަގުތު ވެރިކަޔަކު ކަށަވަރު ނުވާ ޕާޓީއަކަށްވާއިރު އެކަން ފުރަތަމަ ކަށަވަރު ކުރުމަށް ވެސް ޑީއާރްޕީން ވަނީ އެދިވަޑައިގެންފައެވެ. އަދި އިއްޔެގެ ހަރަކާތުން ހައްޔަރު ކުރި މީހުންނާއި އިދިކޮޅު ލީޑަރު ރައީސް ޔާމިން ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ޑީއާރުޕީން ވަނީ ގޮވާލާފައެވެ.
"ކޯވިޑް19 އުޒުރަކަށް ހަދައިގެން ރައްޔިތުން ޚިޔާލު ފާޅުލުރަން މަގުމައްޗަށް ނިކުތުމުން ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ޑީއާރުޕީން ކުއްވެރިކުރަން. އެއްވުމުން ހައްޔަރުކުރި އެންމެންނާއި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން ވަގުތުން ދޫކޮށްލާ." ޑީއާރުޕީން ބުނެފައިވެއެވެ.
ޑީއާރުޕީން ވަނީ މިހާލަތުގައި ރައްޔިތުންގެ މިނިވަންކަން ގެއްލޭ ގޮތަށް އެއްވެ އުޅުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބަދަލު ކުރުމަށް ޑީއާރުޕީގެ ލީޑަރު ޗެއާމަން ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކޮށް ރައްޔިތުންގެ ހައްގުތަށް ކަށަވަރުވާނޭހެން މިހާރުން މިހާރަށް އެ އިސްލާހު ފާސްކޮށް އަމަލު ކުރުމަށްވެސް ގޮވާލާފައެވެ.
"ޑީއާރުޕީ ލީޑަރ ޗެއާމަން އަބްދުއްﷲ ޖާބިރު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުށަ އަޅާފައިވާ އިސްލާހު ވަގުތުން ވަގުތަށް ވަގުތު ސަލާމަތް ކުރުމަށްޓަކައި ފާސްކޮށް ރައްޔިތުންނަށް މިނިވަންކަން ދެއްވުމަށް ޑީއާރުޕީން ގޮވާލަން." ޑީއާރުޕީގެ ޓްވީޓްގައި ވެއެވެ.
ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާތީ އެކަން ހަނދާން ކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަރަށް ފަހުން ވެސް ވަނީ އިޢުލާނެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު