އިއްޔެ ބާއްވަން އުޅުނު ސައިކަލު ބުރުން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން އިސްނަގައިގެން ބޭއްވުމަށް މަސައްކަތްކުރި ސައިކަލުބުރު ހުއްޓުވައި އޭގެތެރެއިން 41 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާކަމަށެވެ.

އެއްވުމުން ހައްޔަކު ކުރި މީހުން ދޫކޮށްލާފައިވާއިރު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމުން ހައްޔަރުކުރި މީހުންވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ކޮންމެ މީހަކުވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިއާއިއެކު ދައުލަތަށް އިއްޔެގެ ސައިކަލު ބުރު ހުއްޓުވައި ހައްޔަރު ކުރި މީހުންގެ އަތުން 40،000 ރުފިޔާ ލިބޭނެއެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިއްޔެގެ އެއްވުމުން ހައްޔަރު ކުރި މީހުންގެ އަދުން ދައުލަތަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބިފައިވާއިރު ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފްވެފައިވާކަމަށްބުނެ "ޤައުމު ވިއްކާލުމާއި ދެކޮޅު" ނަމުގައި އިދިިކޮޅުން މުޅި ރާއްޖޭގައި ކުރި މުޒާހަރާއާއި ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ވަނީ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެދެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން އިއްޔެ ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ހުއްޓުވައި ހައްޔަރުކުރި ޒުވާނުންގެ ސައިކަލްތައްވެސް ޓޯކޮށްފައެވެ. ފުލުހުން ޓޯކުރާ ސައިކަލު ދޫކުރަނީވެސް ޖޫރިމަނާ ނެގުމަށް ފަހުގައެވެ. އެހެންވީމާ އިއްޔެ ޓޯކުރި ސައިކަލް ތަކުގެ ޖޫރިމަނާއަށްވެސް ފުދޭވަރެއްގެ އާމްދަނީއެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން