ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ބައްދަލުކުރައްވަނީ
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ބައްދަލުކުރައްވަނީ
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއާ އިބްރާހިމް މުހަންމަދު ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަކީ ބްރޯޑްކޮމް އިން އެދިގެން ބޭއްވެވި ބައްދަލުވުމެކެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ، މިބައްދަލުވުމުގައި ‏ކޮމިޝަނަށް އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމާއި، ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީން ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.



މީގެ އިތުރުން އެ ކޮމިޝަން ހިންގުމަށްވެސް ގޮންޖެހުންތައް ހުރުމާއެކު، އެކަމާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކޮށްފައިވާ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ހާމަކުރެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންނަކީ މި ސަރުކާރު ވެރިކަކާ ހަވާލުވުމަށްފަހު ކުރިން ތިބި މެންބަރުން ވަކި ކުރުމަށްފަހު އަލުން އައްޔަނު ކޮށްފައިވާ މެންބަރުންނެވެ.



 


ކިޔުންތެރިންގެ ހިޔާލު


0

އަބޫމުޙައްމަދު

15-Sep-2020

ސަރުކާރުން އަންގާ ކަމެއް ކޮށްލަކޮށްލައި ތިބެބަލަ! މުސާރަ ލިބެއެއްނު! އިބޫ އަކީ އިންޑިއަން ހައިކޮމިޝަނަރުގެ ޕަޕެޓެއް. ސަފީރަކީ މޯދީގެ އެޖެންތެއް. ކަލޭމެންނަކީ އިބޫގެ ޕަޕެޓުން.



ޓްރެންޑިން