ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ ޗުއްޓީއަށްފަހު މަޖިލިސް ހުޅުވި ޖައްސާތައް ފެށުމުން މުރާޖަޢާ ކުރެވިފައިވާ ބަޖެޓެއް ހުށައަޅުއްވަނީ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ ޗުއްޓީއަށްފަހު މަޖިލިސް ހުޅުވި ޖައްސާތައް ފެށުމުން މުރާޖަޢާ ކުރެވިފައިވާ ބަޖެޓެއް ހުށައަޅުއްވަނީ
ރައްޔިތުންގެ މަޖިލިސް ހުޅުވުމުން ރިވައިޒްޑް ބަޖެޓެއް ހުށައެޅުމަށް ފިނޭންސް މިނިސްޓްރީން ނިއްމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޖިލިސް ޗުއްޓީ ނިމި ޖަލްސާތައް އަލުން ފެށުމުން މިއަހަރުގެ ރިވައިޒްޑް (މުރާޖަޢާކޮށް) ބަޖެޓެއް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރިވައިޒްޑް ބަޖެޓްގައި މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓްގައި ހުރި ބައެއްކަންކަން އެޑްޖަސްޓް ކޮށްފައިވާނޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ.

މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ކޮވިޑް-19 އާއި ގުޅިގެން މިހާރު ނުލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ބަޖެޓުގައި އުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ. ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް ގިނަ އަދަދެއްގެ ލޯނު ސަރުކާރުން މިހާރުވެސް ވަނީ ނަގާފައެވެ. މީގެ އިތުރުން އިތުރު ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޯވިޑާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަމީ ވަރަށް ބޮޑުތަނުން ދަށްވެފައިވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް ބޮޑެތި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ދައުލަތަށް މިއަހަރު މިހާތަނަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު، އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް ތިން މަސް ދުވަހަށް ހުއްޓާލަންޖެހުމުންނެވެ. ޖުލައި 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އަދިވެސް އެކަށީގެންވާ މިންވަރަކަށް ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން