ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އެ ކޯޓުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

ސްޕުރީމް ކޯޓުން ބުނީ ރައީސް ޔާމިންގެ މައްސަލައިގެ މި އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16ވަނަ ދުވަހުއެވެ. އޭރު މި މައްސަލަ ބަލަމުން ދިޔައީ ކުރީގެ ސުޕްރީމް ކޯޓުގެ ބެންޗުންނެވެ. އެ ދުވަހު މައްސަލަ ނިންމާލައްވަމުން އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

އެހެން ނަމަވެސް އެމައްސަލައިގައި މާދަން ހުކުމް ނުކުރާނެ ކަމަށް ބެލެވެނީ އެއީ މިހާރު އެ މައްސަލަ ބަލާނީ ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅުންނާއެކުގައި ކަމަށް ވާތީއެވެ. އެންމެ ފަހުން ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީންގެ ނަމުގައި ދެ ބޭންކެއްގައި ހުރި އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދިފައެވެ. އެއީ ބީއެމްއެލްއާ މޮރީޝަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތަކެކެވެ.

މީގެއިތުރުން އިސްލާމިކް ބޭންކްގެ އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް ދައުލަތުން ސްޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. މީގެއިތުރަށް އިސްލާމިކް ބޭންކުގެ އަށް އެކައުންޓު ފްރީޒް ކުރުމަށް ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ އެ ޙުކުމްވެސް ބާތިިލް ކޮށްދިނުމަށް ވަނީ ދަޢުލަތުން ވަނީ ސުޕްރީމް ކޯޓުގައި ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން